ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް ސާވޭއެއް ކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

ޖަލްސާ ބޭއްވުނު ތާރީޚު

21 ޖަނަވަރީ 2024


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ޤައުމީ ފެންވަރުގައި ސާވޭއެއް ކުރިއަށްގެންދިއުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓުން އެއްބަސްވުމެއް އެކުލަވައިލެއްވުން. އަދި މި ސާވޭގެ ކަންކަން ތިރީގައިވާގޮތަށް ކުރިއަށްގެންދެވުން.

o މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބެލެނިވެރިކަމުގެ ދަށުން މި ސާވޭ ކުރިއަށްގެންދިއުން.

o މި ސާވޭ ޕްލޭން ކުރުމަށް ކަމާގުޅުންހުރި އިދާރާތައް ޝާމިލުވާ ޓެކްނިކަލް ޓީމެއް އެކުލަވައިލުން.

o އާބާދީ 1000 އަށްވުރެ މަދު ރަށްތަކުގައި ސާވޭ ކުރިއަށްގެންދާނީ ރަށު ކައުންސިލުންކަމުގައި ކަނޑައަޅައި އިރުޝާދު ފޮނުވުން.

o އާބާދީ 1000 އަށްވުރެ މަތިނަމަ، ވޮލެންޓިއަރުންގެ އެހީތެރިކަމާއެކު ސާވޭ ކުރިއަށްގެންދާނެ އުސޫލެއް ކަނޑައެޅުން."

o ސާވޭއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި، ދައުލަތުގެ ނިޒާމުގެ ތެރެއަށް ނުވަދެވި، ހަވާސާވެފައި ތިބި ދޮށީ އުމުރުގެ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފާހަގަކޮށް، އެމީހުންނަށް ފުރަތަމަ މަރުޙަލާގައި ދޭންޖެހޭ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ފޯރުކޮށްދިނުން.

o ދޮށީ އުމުރުގެ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު އެއްތަނުން ބަލައި ޓްރެކް ކުރެވޭނެ ސޮފްޓްވެއަރ އަޕްގްރޭޑްކުރުމުގެ ކަންކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކުރިއަށް ގެންދިއުން.

o ދޮށީ އުމުރުގެ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަން މޮނިޓަރ ކުރުމަށް އެކުލަވައިލައިފައިވާ އިބަމަ ނިޒާމު ހަރުދަނާކޮށް، ރިފަރ ކުރެވޭނެ ނިޒާމު އިތުރަށް ހަރުދަނާކޮށް ބޭނުންވާ ޚިދުމަތުގެ ނިޒާމު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ގާއިމުކުރުން.