ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެ ތަންތަނުގެ ހިންގުމަށް ޚަރަދެއްކުރަން ނުޖެހި، ފައިދާގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށް ސިޔާސަތުތައް އެކަށައެޅުމާ ގުޅޭ
ހުށައެޅުއްވި ފަރާތް
މިނިސްޓަރ އޮފް ފިނޭންސް
ޖަލްސާ ބޭއްވުނު ތާރީޚު
14 ޖަނަވަރީ 2024
ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު
ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.
ކަރުދާހާ ގުޅޭ ނިންމުންތައް
ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އެ ކުންފުނިތަކަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން ނުޖެހި، ފައިދާގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށްޓަކައި ތިރީގައިވާ ސިޔާސަތުތައް ތަންފީޒުކުރެއްވުން.
o ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތިކުރެވޭ އުސޫލު މުރާޖާކޮށް، ކުންފުނިތަކުގެ ޕަރފޯމަންސް ރަނގަޅުކުރުމަށް ޝައުގުވެރިކަން އިތުރުކުރެވޭނެހެން ވަކިވަކި ކުންފުނިތަކަށް ޚާއްޞަ ކީ ޕަރފޯމަންސް އިންޑިކޭޓަރސް (ކޭ.ޕީ.އައިސް) ކަނޑައަޅައި، 3 މަސްދުވަހުގެ ތެރޭގައި ބަދަލުކުރުން.
o ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ނޭޝަނަލައިޒްކޮށް ބާއްވާނެ ކުންފުނިތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) އުސޫލުން ހިންގާނެ ކުންފުނިތަކާއި އަދި އާންމުންނަށް ހިއްސާ ވިއްކައިގެން (އައި.ޕީ.އޯ) ހިންގާނެ ކުންފުނިތައް ދެނެގަނެ އެކުލަވައިލަންޖެހޭ ސިޔާސަތުތައް 3 މަސްދުވަހުގެ ތެރޭގައި ކަނޑައެޅުން.
o ކުންފުނިތަކުގެ ގަވަރނަންސް ހަރުދަނާކޮށް ބޯޑުގެ ސަބް ކޮމިޓީ، އޮޑިޓް ކޮމިޓީ، ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީތައް ހިމެނޭހެން އެކުލަވައިލައި، ފަންކްޝަން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް 3 މަސްދުވަހުގެ ތެރޭގައި ގެނައުން.
o ދައުލަތް ހިއްސާވާ ކުންފުނިތަކަށް ސަބްސިޑީ ދޭންޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ ހަރުދަނާ އުސޫލެއް 3 މަސްދުވަހުގެ ތެރޭގައި ކަނޑައެޅުން.
o އެކަށީގެންވާ ގޮތެއްގައި ޕަރފޯމް ނުކުރާ ކުންފުނިތަކުގެ ހިންގުން މި އަހަރު ތެރޭގައި ހަރުދަނާކޮށް ކޭޝްފްލޯ ހަމަޖެއްސޭނެ ގޮތްތަކެއް ހޯދައިދީ، ކުންފުނިތަކުގެ ޕަރފޯމަންސް ރަނގަޅު ކުރުމަށް 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާ ހަމައަށް މުއްދަތެއް ދީ، މި މުއްދަތުގެ ތެރޭގައި ރަނގަޅަށް ފަރޕޯމް ނުކުރެވޭ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމާއި، މާރޖްކުރުން ނުވަތަ އުވާލުމުގެ މަސައްކަތް ފެށުން. އަދި އަލަށް ކުންފުންޏެއް އުފެއްދުމުގައި ޢަމަލުކުރާނެ ހަރުދަނާ އުސޫލެއް 3 މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި ތަންފީޒުކުރުން.
o ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތަކެއް ހުއްޓިފައި ހުރިހުރުމަށް ހައްލެއް ގެނައުމުގެ ގޮތުން، މިހާރު މި މަސައްކަތް ކުރަމުންގެންދާ ކުންފުނިކަމަށްވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ އިތުރުން، އައު ކުންފުންޏެއް އުފެއްދުން.