ރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ މަޢުލޫމާތު ހިމެނޭ ފުރިހަމަ ދަފުތަރެއް އެކުލަވައިލުމަށްޓަކައި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވާލުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ޖަލްސާ ބޭއްވުނު ތާރީޚު

10 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގޮތުގައި ކަނޑައަޅުއްވައި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތެރިން ފަދައިން ދައުލަތް ދަންނަ އާމްދަނީ ލިބޭ މަސައްކަތެއް ކުރާ ފަރާތެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، މަސްވެރިންގެ ފުރިހަމަ މަޢުލޫމާތު ހިމެނޭ ޤައުމީ ދަފުތަރެއް އެކުލާލެއްވުމުގެ ކަންކަން ތިރީގައިވާ ގޮތަށް ކުރިއަށް ގެންދެވުން.
• މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހުށަހަޅުއްވާފައިވާ ކަރުދާހުގައި، މަސްވެރިންގެ ދަފްތަރު އެކުލަވައިލުމުގައި ސަމާލުކަން ދޭންޖެހޭކަމަށް ފާހަގަކުރައްވާފައިވާ ކަންކަމާއި، އެ ރަޖިސްޓަރީ ޞައްޙަކަން ކަށަވަރު ކުރުމަށް އެޅިދާނެކަމަށް ފާހަގަކުރައްވާފައިވާ ފިޔަވަޅުތަކަށް ރިޢާޔަތްކޮށް، ރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް ހިމެނޭގޮތަށް، މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލައްވައި، މަސްވެރިންނަށް މި ދަފުތަރުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލެއްވުން.
• އަދި މިދަފުތަރު ފުރަތަމަ އެކުލަވައިލާއިރު، މިދަފުތަރުގެ ދަށުން މަސްވެރިންގެ ގޮތުގައި ކަނޑައަޅާ ފަރާތަކީ، މަސްވެރިކަމުގައި ހަރަކާތެރިވާ ފަރާތްތަކުގެ ތެރެއިން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ ނުވަތަ އާމްދަނީގެ ބޮޑުބައެއް ހިއްޞާކުރަނީ މަސްވެރިކަމުން ލިބޭ އާމުދަނީން ކަމުގައި ހިމެނޭ ފަރާތްތައްކަމުގައި ކަނޑައެޅުއްވުން.