ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު ޤާއިމްކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް

ޖަލްސާ ބޭއްވުނު ތާރީޚު

10 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް، ދިރުވައި އާލާކުރުމަށާއި ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހީންގެ މެދުގައި ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ ގޮތުން، 'ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ ނިޒާމު' ގެ ތެރެއިން ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒެއް ޤާއިމުކުރެއްވުން.