ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް

ޖަލްސާ ބޭއްވުނު ތާރީޚު

10 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމު ޤާއިމުކޮށް ކުރިއަށް ގެންދެވުމަށްޓަކައި ކުރައްވަންޖެހޭ ތިރީގައިވާ ކަންކަން ކުރިއަށްގެންދެވުން.
• ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމު ހިންގުމަށް ބޭނުންވާ ބަޖެޓް، އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ހަމަޖެއްސުން.
• ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްރައިމެރީ ލެވެލްގައި 'ދިވެހި ޤައުމިއްޔަތު' މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމެނުން.
• ރާއްޖޭގެ ހުރިހާ ސާނަވީ ފެންވަރުގައި ތަޢާރަފުކުރެވޭ 'ދިވެހި ޤައުމިއްޔަތު' މާއްދާއާއި، 'ޑިޒައިންގ ތިންކިންގ' (އުފެއްދުންތެރިކަން) އާއި 'އިންޓަރނޭޝަނަލް ރިލޭޝަންސް' ސާނަވީ ފެންވަރުގައި މަންހަޖުގައި ހިމެނުން.
• ރާއްޖޭގެ ހުރިހާ ސްކޫލުތަކުގައި މަތީ ސާނަވީ ފެންވަރުގައި 'ދިވެހި ޤައުމިއްޔަތު' މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމެނުން.
• ދިވެހިވަންތަކަމަށާއި ތަހުޒީބު ސަގާފަތަށް ކޮމިއުނިޓީ ލެވެލްގައި ހިޔާވައްސެއް އުފައްދައި ދިނުމުގެ ގޮތުން ރަށު ފެންވަރުގައި ޤާއިމުކުރާ ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް (ސަގާފީ ސެންޓަރެއްގެ ގޮތުގައި) ރާއްޖޭގެ ކޮންމެ ރަށެއްގައި ޤާއިމުކުރުން.
• ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި، ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ޤައުމީ ޗާޕުޚާނާ ޤާއިމްކުރުން.